ރޯދަ މަހަކީ އާއްމު ގޮތެއްގައި ބުންވަރާއި ހަކަތަ ބޭނުންވާ ކަންކަމުން މުސްލިމުން ދުރުވާ މައްސަރެކެވެ. ރޯދައަށް ތިބެގެން އެފަދަ ކަމެއް ކޮށްފިނަމަ ކަރުހިއްކުން އިތުރުވެ ވަރުބަލިވާނެތީ އެވެ.
އެހެން ނަމަވެސް ޒަމާންތަކެއްވީ މި ސަގާފަތަށް ކަޝްމީރުގެ ޒުވާނުންތަކެއް މިވަނީ ނިމުމެއް ގެނެސްފަ އެވެ. ރޯދަ މަހުގެ ދުވާލު ގަޑީގައި ޓްރެކިންއަށް ނުކުމެ އެމީހުން ދައްކަމުން އަންނަނީ ރަނގަޅު މިސާލެކެވެ.
އެގޮތުން ދުވާލު ގަޑީގައި ކަޝްމީރުގެ ފަރުބަދަތަކަށް އަރައި މި ޒުވާނުންގެ މަސައްކަތަކީ ޖަންގަލިތަކާއި ވާތަކުގައި ހުންނަ ކުނި ނަގައި އެއްކުރުމެވެ.
މިއީ އިޖުތިމާއީ ހިދުމަތެއްގެ އިތުރުން ރޯދައަށް ހުރެ ސިއްހަތަށް ވެސް އިތުރު ފައިދާތަކެއް ލިބޭ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މި ހަރަކާތުގައި ހަރަކާތްތެރިވާ މީހަކު ބުނީ ރޯދަމަހަކީ އަޅުކަން ކުރުމަށްފަހު ކަންނެތްވާންވީ މަހެއް ނޫން ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ރަމަޟާންމަހު މުރާލިކަން އިތުރުކޮށްދޭ ކަމަށެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި ރޯދަމަހު އެ މީހުން ނުކުންނަ "އެކްސްޕެޑިޝަން" ތަކަކީ ދިގު ދަތުރުތަކެއް ނޫން ކަަމަށާއި އިރު އޮއްސުމަށް ގެއަށް އާދެވޭ ވަރަށް ކުރާ ކަމެއް ކަމަށެވެ.
މި ދަތުރުތަކުގައި ކަޝްމީރަށް ޒިއާރަތްކުރާ މުސްލިމް ފަތުރުވެރިން ވެސް ބައިވެރިވެ އެވެ. އެ ފަރާތްތަކަށް މި ތަޖުރިބާ ވަނީ ތަފާތު ތަޖުރިބާ އަކަށެވެ.