ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅު މާލްތީ މެތީ ޖޯނަސްއާ ގުޅިގެން ބައެއް މައުލޫމާތުތައް ޕްރިޔަންކާ އާންމުންނާ ހިއްސާކޮށްފި އެވެ.
ޕްރިޔަންކާ، އިންޑިއާގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، މާލްތީ ފެންނަ ފެނުމަށް އެންމެ ވައްތަރީ ބައްޕަ ނިކްއާ ކަމަށެވެ. އެހެން ނަމަވެސް މާލްތީގެ އުޅުން ހުންނަނީ އިންޑިއާގެ ސަގާފަތަށް ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ ބުނިގޮތުގައި އިންޑިއާގެ ސަގާފަތަށް މާލްތީ ލޯބިކުރުމަކީ ދަރިފުޅުގެ ގައިގައި ޕްރިޔަންކާގެ އުޅުން ހުންނަކަން ހާމަވެގެންދާ ހެއްކެކެވެ.
ޕްރިޔަންކާ އާއި ފިރިމީހާ ނިކްގެ ދަރިފުޅު އުފަންވި ފަހުން ފުރަތަމަ ފަހަރަށް ދަރިފުޅު ގޮވައިގެން އެ ދެމަފިރިން އިންޑިއާއަށް އައިސްފައިވާއިރު، މިއީ 2022 ވަނަ އަހަރު ޖެނުއަރީ މަހު ސަރޮގަސީ މެދުވެރިކޮށް އެ ދެމަފިިރިންނަށް މާލްތީ ލިބުނު ފަހުން އިންޑިއާއަށް އައި ފުުރަތަމަ ދަތުރެވެ.
މާލްތީ އުފަންވީ މިދިއަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.
ޑްރަގްގެ މައްސަލަތަކާ އޭނާގެ ނަން ގުޅުވާތީ ނޯރާ ރުޅިގަދަ ވެއްޖެ
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
އަންނައުނުގައި ޖެހޭ ލައްތައް ފިލުވަން އެހީއެއް!
