"ސިބްލިންގް ޑޭ"ގެ މުނާސަބަތުގައި ސައިފް އަލީ ޚާންގެ ދެ ދަރިން ކަމަށްވާ އިބްރާހިމް އަލީ ޚާން އާއި ތައިމޫރު އަލީ ޚާންގެ ލޯބި ފޮޓޯއެއް އާއްމު ކޮށްފި އެވެ.

ކަރީނާ ކަޕޫރު ޚާން އޭނާގެ އިންްސްޓަގްރާމްގައި އާއްމުކުރި އެ ފޮޓޯގައި ފެނިގެންދަނީ އިބްރާހީމްއާއި ތައިމޫރު, އެމީހުންގެ ސިކްސް ޕެކް ދައްކާލާ ތަނެވެ.

ސިބްލިންގް ޑޭއަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންގެ ގުޅުން ފާހަގަކޮށް ފާހަގަ ކުރެވޭ ދުވަހެކެވެ.

ސައިފްގެ ދަރިން ކަމަށްވާ އިބްރާހީމާއި ސާރާ އަދި ތައިމޫރު އާއި ޖެހްގެ މެދުގައި އުމުރުގެ ބޮޑު ތަފާތެއް ވި ނަމަވެސް އެ ކުދިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އިބްރާހީމާއި ސާރާއަކީ ސައިފްގެ ފުރަތަމަ ކައިވެނިން ލިބުނު ކުދިންނެވެ. އަދި ތައިމޫރްއާއި ޖެހްއަކީ ކަރީނާއާ އެއްކޮށް ލިބުނު ދެ ކުދިންނެވެ.

މިފޮޓޯއާއެކު ގިނަބަޔަކު އަންނަނީއެ ދެކުދިންގެ ގުޅުމަށް އިނަޓަނެޓްގައި ތައުރީފް ކުރަމުންނެވެ.