ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ހަދައި، ރަޖިސްޓްރީ ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހުޅުވާލައިފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާޑުގެ ބާވަތްތައް ރައްކާތެރިކަމާއެކު ގުދަން ކުރުމަށް މިފަދަ ތަންތަން މިއަހަރުގެ އޮގަސްޓް މަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން އެންގީ "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑު"ގެ ދަށުންނެވެ.
ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަނުގައި އެއްވެސް ރައްކާތެރި ކަމެއް އަދި ސާފުތާހިރުކަމެއް ނެތި ގުދަންތަކުގައި ރައްކާކޮސްފައި ހުރެ އެވެ. އަދި މިފަދަ ތަންތަން ސާފުތާހިރު ނުވުމުގެ ސަބަބުން ބައެއް ފަހަރު އާންމު ސިއްހަތަށް ގެއްލުންވެ އެވެ.
ފާޑުކިޔުން އަމާޒުވި ބޭފުޅުންނާއެކު އަލުން ކެބިނެޓު އެކުލަވާލުން!
ކޮކާކޯލާއިން މި ބޭނުންތައް ކުރެވޭކަން އެނގޭތަ؟
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު
