އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ކޮރޮނޭޝަން ރަސްމިއްޔާތުގެ ކޮންސެޓުގައި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރުގެ ފެނިލުމެއް ހަމަޖެހިއްޖެ އެވެ.
ސޯނަމް ފެނިގެން ދާނީ ކޮމަންވެލްތުގެ ވާޗުއަލް ކޮއާ ތައާރަފްކުރުމުގެ ގޮތުން ހުށައަޅައިދޭ ހުށައެޅުމަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މިއީ ޝާހީ އާއިލާގެ މުނާސަބަތެއްގައި ސޯނަމް ބައިވެރިވާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އިނގިރޭސި ޝާހީ އާއިލާގެ މަތީ ފަންތީގެ ރަސްމިއްޔާތުތަކުން ބޮލީވުޑްގެ ތަރިން ފެންނަ މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
ސޯނަމް ވަނީ މި ފަހުން ވެސް އެޕަލްގެ ސީއީއޯ ޓިމް ކުކްއާއެކު އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބެލުމުން ނޫސްތަކަށް އަރާފަ އެވެ.
ކޮރޮނޭޝަން ކޮންސެޓްގައި ސޯނަމްގެ އިތުރުން ފެނިގެންދާ ތަރިންގެ ތެރޭގައި ޓޮމް ކްރޫޒްއާއި ކޭޓީ ޕެރީގެ އިތުރުން ލިއޮނަލް ރިޗީ ހިމެނެ އެވެ.
ޗާލްސްގެ ކޮރޮނޭޝަން ހަފްލާތައް އޮންނާނީ އަންނަ މެއި މަހުގެ 8-6 އަކަށް ބަކިންހަމް ޕެލަސްގަ އެވެ. މި ހަފްލާތަކުގައި ޝާހީ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޝަހްސިއްޔަތުން ފެންނާނެ ކަމަށް ލަފާކުރެވެ އެވެ.
އީރާން ހަނގުރާމައިގައި އެމެރިކާގެ 81 މަތިންދާބޯޓު ގެއްލުނު
ދަށް ފެށުމަކާއެކު ޓޮމް ކްރޫޒްގެ "ޑިގާ"އަށް ފިނި ތަރުހީބެއް!
ސަރުކާރުގެ ނިންމުން ބަދަލުކޮށް، އަބުޗާ އަލުން ޖަލަށް ގެންގޮސްފި