އޮސްޓްރިޗަކީ ގައިމު ވެސް އެ އެއްޗަކަށް ބަލައި ފޫހި ނުވާނެފަދަ ދޫނިތަކެކެވެ.

މި ދޫނިތަކަކީ ބިޔަ، ބޮޑެތިކޮށް ތިބުމުގެ ސަބަބުންނާއި، އޭގެ މަޖާ މިޒާޖުގެ ސަބަބުން އާންމުންގެ ތެރޭގައި ސަމާލުކަން ލިބިފައިވާ ދޫނިތަކެކެވެ.

މިފަދަ ދޫނިތައް ނުވަ ފޫޓަށް ދިގުވާއިރު، 320 ޕައުންޑާއި ދެމެދުގެ އަދަދަކަށް ބަރުދަން ހުރެ އެވެ. މިއީ އެންމެ ބާރަށް ދުވާ ދޫންޏެވެ. އެގޮތުން ގަޑިއިރެއްގެ ތެރޭގައި 42 މޭލަށް އެސޮރުމެންނަށް ދުވެވެ އެވެ.

އޮސްޓްރިޗްތަކަށް އިންސާނުންގެ ސަމާލުކަން ލިބޭ އެތައް ކަމެއް ފެންނަ އިރު، އެސޮރުމެން ނަށައިވެސް އުޅޭކަން ގިނަ ބަޔަކަށް ނޭނގެ އެވެ.

މޭޓް ސީޒަނުގައި، ގިނަ ފަހަރަށް ފިރިހެން އޮސްޓްރިޗްތައް ނަށައި ހަދަ އެވެ. އަދި އެނބުރެމުން ނަށާލައި، އަންހެން އޮސްޓްރިޗްތަކަށް އެސޮރުމެންގެ ރީތި ވަރަފަތްގަނޑު ދެއްކުމަށް މަސައްކަތް ކުރެ އެވެ.

https://www.youtube.com/watch?v=A4gtkY6AyDg&t=29s

މިފަދަ ވީޑިއޯއެއް ދާދި ފަހުން އާންމުވެފައިވާއިރު، މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

ވީޑިއޯގައި ހަތަރު އޮސްޓްރިޗެއް ފެންނައިރު، ހުރިހާ ދޫނިތައް ވެސް އެނބުރެމުން ނަށާ މަންޒަރު ފެނެ އެވެ.