ސައުތު އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޯޓެއް ބަންޑުން ޖަހާލައިގެން މަދުވެގެން 22 މީހުން މަރުވެއްޖެ އެވެ.
ތަނޫރުގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި، ދެ ބުރިއަށް ހަދާފައިވާ އެ ބޯޓުގައި، އޭގެ ޖާގައަށް ވުރެ ދެގުނަ އިތުރަށް މީހުން ތިބި ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެ އެވެ. ސްކޫލު ޗުއްޓީގައި އާއިލާތައް ޗުއްޓީ ހޭދަކުރަން ކުރި މި ދަތުރުގައި ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން އެއް އާއިލާއަކުން އެކަނިވެސް 11 މީހުން ވަނީ މަރުވެފަ އެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިސަރަކު ބުނި ގޮތުގައި މީހުން ސަލާމަތް ކުރުމުގެ ހަރަކާތުގައި 22 މީހުންގެ ހަށިގަނޑު ކޯރުން ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
ކެރެލާގެ ކުޅިވަރާއި މަސްވެރިކަމާ ބެހޭ ވަޒީރު އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ތެރޭގައި ވެސް މަދުވެގެން ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.
އޮފިޝަލުން ލަފާކުރާ ގޮތުގައި މި ހާދިސާގައި ގެއްލުނު ފުރާނަތަކުގެ އަދަދު އަދި އިތުރުވާނެ އެވެ. -- އިންޑިއަން އެކްސްޕްރެސް
ޗައިލްޑް ޓްރެފިކަރު އެޕްސްޓީން އާއެކު ވަހީދު ގާތް ގުޅުމެއް ބޭއްވި
ސިވިލް ސާވަންޓުން ކޮފީގައި ގިނަ ވަގުތު ހޭދަކުރުން ހުއްޓުވަން ޖެހޭ
ފައިސާ ދީގެން މީހުން ގެނެސް އެއީ ތާއީދުކަމަށް ދެކުމަކީ މޮޔަކަމެއް