ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވައިފި އެވެ.

މިއަދު ހުޅުވުނު މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ހިދުމަތް ދެވޭއިރު، މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިންގ ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހިމެނެ އެވެ. މީގެ އިތުރުން، އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ޗޭންޖިން ރޫމާއި، "އައިސް ބާތު" އަދި "ސްޓީމް ރޫމް" ތައް މި ސެންޓަރުގައި ހިމެނެ އެވެ. ހަމަ އެހެންމެ ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ހާއްސަކޮށް "ހީލަރ" ރޫމެއްވެސް މި ސެންޓަރުގައި ހިމެނެއެވެ. މިއަދު ހުޅުވުނު މި ސެންޓަރުގައި "ޖިމް އެންޑް ކެރީ"ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއް ވެސް ހުރެ އެވެ.

ޓީއެފްޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ހިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފަ އެވެ.

ޓީއެފްޖީ ފުރަތަމަ ފިޓްނަސް އިންޑަސްޓްރީގައި ހަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރުގަ އެވެ