2024 ވަނަ އަހަރުގެ ނޮވެމްބަރު ފަށަން ހަމަޖެހިފައިވާ އާޓެމިސް 2 ލޫނާ ފްލައިބައި މާސް މިޝަންގައި ދަތުރުކުރާ ފަޅުވެރިން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (ނާސާ)އިން ވަނީ އިއުލާންކޮށްފަ އެވެ.

އެއާއެކު އެ ފަޅުވެރިންގެ ޖައްވީ ތަމްރީނުތައް ވަނީ ފެށިފަ އެވެ. ޖައްވުގައި ހޭދަކުރާ ދުވަސްތަކުގައި ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އަންނައިރު އެ ބަދަލުތަކަށް ހޭނުމަކީ ފަޅުވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ނާސާގެ އެހެން މިޝަންތަކުގެ ފަޅުވެރިންނެކޭ ވެސް އެއްފަދައިން މާސް މިޝަންގެ ފަޅުވެރިންނަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ބައިނަލްއެގްވާމީ ސްޕޭސް ސްޓޭޝަންގައި ނިދުން ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކީ ޖައްވުގައި ދަމާބާރު ނެތުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެހެން ކަމުން ވަކި ހާއްސަ ގޮތަކަށް ބަނދެވިފައި ނޯންނަނަމަ ސްޓޭޝަންގެ ތެރޭގައި ފަޅުވެރިން "ފްލޯޓް" ވާނެ އެވެ.

ދެން އޮތް ކަމަކީ ޖައްވީ އިދާރާގައި އައްޔާއި އަނދިރިކަން ދުނިޔޭގެ އެކަމާ ދިމާނުވުމެވެ. ޖައްވީ ސްޓޭޝަން ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށާ ބުރެއް ޖަހާއިރު މި ކޮންމެ 90 މިނެޓަކުން އެ ސްޓޭޝަނަށް އިރު އަރާނެ އެވެ.

މި ގޮންޖެހުމާއެކު ވެސް މީގެ ކުރިން ވެސް އެތައް ޖައްވީ ދަތުރުވެރިންނެއް ވަނީ ކާމިޔާބު ކަމާއެކު ދަތުރު ނިންމާލާފަ އެވެ. ނިދުމުގެ ކަންކަމަށް ހޭނެވުމަށްޓަކައި ޖައްވީ ތަމްރީނުތަކުގެ ތެރެއިން ޖައްވުގެ މާހައުލާ ދާދި ގާތްކުރާ މާހައުލެއް އުފައްދައި ތަމްރީން ދެވެ އެވެ.

އަންނަ އަހަރުގެ މާސް މިޝަންއަކީ ބައި ގަރުނަށްފަހު ނާސާއިން މާސް މިޝަންއެއް ލޯންޗުކުރާ ފުރަތަމަ ފަހަރެވެ. މި މިޝަންގައި ބައިވެރިވާ ހަތަރު ފަޅުވެރިން ނާސާއިން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.