އައިޝްވާރްޔާ ރާއީއާއި އަބީޝޭކް ބައްޗަންއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޖޯޑުގެ ގޮތުގައި ގިނަ ބަަޔަކު ފާހަގަކުރާ ޖޯޑެކެވެ.

އެ ދެތަރިންގެ ކައިވެންޏަށް 15 އަހަރު ފުރި ދަރިއަކު ލިބިފައިވާއިރު އެ އާއިލާއަކީ އުފާވެރި އާއިލާއެއްގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން އަބަދުވެސް ސިފަ ކުރެ އެވެ.

އެހެން ނަމަވެސް ފިރިމީހާ އަބީޝޭކްއާ ކޮންމެ ދުވަހަކު އަރާރުންވާން ޖެހޭ ކަމަށް އައިޝްވާރްޔާ ބުނާ ވީޑިއޯއެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

ދެތަރިން އެކުގައި ދީފައިވާ އެ ވީޑިއޯގައި އައިޝްވާރްޔާ އަރާރުން ވާންޖެހޭ ކަމަށް ބުނާއިރު އަބީޝޭކް ވަނީ އެއީ ކުދިކުދި ދެބަސްވުންތައް ކަމަށް ބުނެފަ އެވެ.

އަބޭޝޭކް އިތުރަށް ބުނީ ކައިވެންޏެއްގައި ކޮންމެވެސް ވަރަކަށް ދެބަސްވުން އޮންނަންވާނެ ކަމަށާއި އެހެން ނޫންނަަމަ ހަޔާތް ވަރަށް ފޫހިވެގެންދާ ކަމަށެވެ.

އެ އިންޓައިއުގައި އަބީޝޭކް ވަނީ އަރާރުންވުމަކަށްފަހު އެ ދެތަރިން ސުލްހަވާ ގޮތްވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އަރާރުން ވުމަކަށްފަހު ސުލްހަވާން އަބަދުވެސް އިސް ނަގަން ޖެހެނީ އޭނާ ކަމަށް އަބީޝޭކް ބުންޏެވެ.

ލޯބީގެ ގޮތުން ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށްފަހު އަބީޝޭކްއާއި އައިޝްވާރްޔާ ކައިވެނިކުރީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ގަ އެވެ. އެކައިވެންޏަށް އަލަތު ދަރިފުޅު އާރަދްޔާ ލިބުނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ.