މީގެ 11 އަހަރު ކުރިން މުމްބާއީގެ ހޮޓަލެއްގައ ވިޔަފާރިވެރިއަކަށް ހަމަލާދިން މައްސަލައެއްގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންއާއި އިތުރު ދެ މީހެއްގެ އަޑުއެހުންތައް ބާއްވަން ތާވަލު ކޮށްފި އެވެ.
މި އަޑުއެހުމުގެ ޗިޓް ސައިފްއަށް ފޮނުވާފައިވާއިރު އެ ހާދިސާގެ ހެކިވެރިންގެ ހެކި ނެގުމަށް އެ މީހުންނަށް ވެސް ޗިޓް ފޮނުވާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު ސައިފްއާއި އޭނާގެ ދެ އެކުވެރިން ހައްޔަރު ކުރެވުނީ މުމްބާއީގެ ހޮޓަލެއް ކަމަށްވާ ދަ ތާޖް ހޮޓަލުގެ ރެސްޓޯރެންޓުގައި ވިޔަފާރިވެރިއެއް ކަމަށްވާ އިގްބާލް ޝަރްމާ މީރުއަށް ހަަމަލާ ދިނުމުން އޭނާ އެ މައްސަލަ ފުލުހުންނަށް ހުށައެޅުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިގްބާލްއާއި ސައިފްގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިގްބާލްއަށް އަނިޔާވެ އޭނާގެ ނޭފަތް ވެސް ފެޅިފައިވެ އެވެ.
އޭރު ނޫސްތަކަށް މައުލޫމާތު ދެމުން އިގްބާލް ބުނީ ސައިފްއާއި އޭނާގެ ބައިވެރިން އޭނާއަށް އިންޒާރު ދިނުމަށްފަހު އޭނާގެ ބަފައިބެއަށް ވެސް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށެވެ.
އޭގެ ދިފާއުގައި ސައިފް ބުނެފައިވަނީ އިގްބާލް އޭނާއަށާއި އޭނާގެ ރަހުމަތްތެރިންނާ މުހާތަބުކޮށް ހަޑިހުތުރު ބަސްތައް ބޭނުންކުރި ކަމަށެވެ.
ސައިފްއާއި އޭނާގެ ބައިވެރިންގެ މައްޗަށް ކޮށްފައިވަނީ އިންޑިއާގެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކަށް އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.