ރ. މަޑުއްވަރީގެ ގެއެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައި، ފިހުނު އަންހެން މީހާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މަޑުއްވަރީގައި ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ފިހިފައިވަނީ އެރަށު މަރުކަޒުގައި މަސައްކަތްކުރާ އިންޑިއާގެ ނަރުހެކެވެ
މަޑުއްވަރީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ ގެންދިޔައީ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.
އުމުރުން 36 އަހަރުގެ އެ މީހާ ހަށިގަނޑުގެ 45 ޕަސެންޓް ވަނީ ފިހިފަ އެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.
ރާއްޖޭގައި ގޭސްފުޅި ގޮވައިގެން މީހުންގެ ފުރާނައަށް ނުރައްކާވާ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަވަނީ ގެއްލިފައިކަން ފާހަގަކޮށްލެވެ އެވެ.
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް