ދަތުރު ކުރަން ޝައުގުވެރިވޭ ހެއްޔެވެ؟ އެކި ގައުމުތަކަށް ގޮސް އެކި ސަގާފަތްތައް ތަޖުރިބާ ކުރަން ބޭނުން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ މިއޮތީ ތިބާއަށް އެންމެ ރަނގަޅު ފުރުސަތެވެ.

ޕޯޗުގަލްއިން ފުރައިގެން ސިންގަޕޫރަށް އޮންނަ ރޭލު ދަތުރަކީ ދުނިޔޭގެ އެއް ކަނުން އަނެއް ކަނަށް އެއް ދަތުރުގައި ދިއުނަ ފަދަ ކަމެކެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ރޭލު ދަތުރެވެ.

ޖުމްލަ 21 ދުވަސް ހޭދަވާ މި ދަތުރުގައި ތަފާތު 13 ގައުމެއް ހުރަސް ކުރެ އެވެ. އޭގެ ތެރޭގައި ސްޕެއިންއާއި ޕޮލެންޑް އަދި ބެލަރުސް ފަދަ ގައުމުތައް އެކުލެވެ އެވެ.

ލާއޯސްއިން އެގައުމުގެ ވެރިރަށާއި އެހެން ގައުމުތަކާ މެދު ރޭލު ދަތުރުތައް ފެށުމުގެ ކުރިން އެންމެ ދިގު ރޭލު ދަތުރުގެ ގޮތުގައި އޮތީ ޕޯޗުގަލްއިން ވިއެޓްނާމަށް ކުރެވޭ ދަތުރެކެވެ.

މި ދަތުރުގައި ވިސާގެ ކަންކަމާއި ކަނެކްޝަން ރޭލުތަކުގެ ސީޓިން ކަންކަމުގައި ބައެއް ގައުމުތަކުގައި ރޭކުރެ އެވެ. މިއީ އެ ގައުމުތަކުގެ މާހައުލު ތަޖުރިބާ ކޮށްލަން ލިބޭ ފުރުސަތެކެވެ.

ދުނިޔޭގެ އެންމެ ދިގު ދަތުރުގެ ޓިކެޓުގެ އަގަށް އެކަނި ވެސް 1390 ޑޮލަރު ހޭދަވެ އެވެ. އޭގެ އިތުރުން ދަތުރު މަތީގައި ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ އަމިއްލައަށެވެ.

ދަތުރުގެ ދިގުކަމާއި އަގުބޮޑު ކަމާ އެކުވެސް ކޮންމެ އަހަރަކު އެތައް ހާސް މީހުންނެއް މި ދަތުރު ކުރެ އެވެ.