ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ހައްޔަރުކޮށްފައިވާ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފި އެވެ.

އަމީތާބު ހައްޔަރުކޮށްފައިވާ ކަމަށް ބުނި ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން ސަބަބަކާ ހެދިކަމެއް ނޭނގެ އެވެ.

އަމީތާބު ވަނީ ފުލުހުންގެ ވެހިކަލެއް ކައިރީގައި ހުރި ފޮޓީއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ، މިފޮޓޯއާއެކު އަމީތާބު ހައްޔަރު ކޮށްފައިވާ ކަމަށް ގިނަ މީހުން ބުނަމުން ދިޔަ އެވެ. މިފޮޓޯއަށް ބައެއް މީހުން ސަމާސާ ކުރަމުނެވެ. އެގޮތުން ކޮމެންޓް ކުރި އެކަކު ބުނިގޮތުގައި " ޑޮން ހައްޔަރު ކުރުމަކީ އުނދަގޫ ކަމެއް" ކަމަށް ވަނީ ބުނެފަ އެވެ.

އަމީތާބު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯ

އެހެން ނަމަވެސް އަމީތާބު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެ އެވެ.

މިކަމާއި ބެހޭ ގޮތުން އަމީތާބުވެސް އަދި އޭނާގެ އާއިލާއިންވެސް އެއްވެސް ވާހަކައެއް ދައްކާފައިނުވެ އެވެ.

އަމީތާބު ހައްޔަރު ކުރި ވާހަކަ މީޑިއާގައި ތިލަވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ވަނީ ހެލްމެޓް އެޅުން މަޖުބޫރު ތަނެއްގައި އަމީތާބް ހެލްމެޓް ނާޅާ ސައިކަލު ދުއްވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމަކު އޭނާ ވަނީ އެއީ ފިލްމެއްގެ މަންޒަރެއްކަން ހާމަކޮށްފައެވެ. އަދި ކަންތައް ވީގޮތް އޭނާގެ ބްލޮގްގައި ހިއްސާ ކޮށްފައި ވެއެވެ.

އަމީތާބް މިހާރު އަންނަނީ ރިބޫ ދާސްގުޕްތާ ޑައިރެކްޓްކުރާ "ސެކްޝަން 84" ގެ ޝޫޓިންގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ޕްރަބާސް އާއި ދީޕިކާ ޕަދުކޯން އާއެކު "ޕްރޮޖެކްޓް ކޭ" ފިލްމް އިން ވެސް އޭނާ ފެނިގެން ދާނެއެވެ.