ޓައިޓޭނިކް އަޑިއަށް ދިއުމުގެ ހާދިސާއަށް 100 އަށްވުރެ ގިނަ އަހަރު ވެފައިވީ ނަމަވެސް އަދިވެސް އެ ހާދިސާއަކީ ސައިންސްވެރިންގެ މެދުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވޭ ވާހަކަ އެވެ.
އެ ހާދިސާގެ ހަގީގަތް ހޯދުމަށް އަދިވެސް ދިރާސާތައް ކުރެވެމުން ދާއިރު ވަރަށް ފަހުން މިވަނީ މީގެ ކުރިން ފެނިފައިނުވާ ޓައިޓޭނިކްގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް އާއްމުވެފަ އެވެ.
ތްރީ ޑީ ޓެކްނޮލޮޖީގެ އެހީގައި ނަގާފައިވާ މި ފޮޓޯތަކުން މީގެ ކުރިން އެނގިފައިނުވާ ފަދަ ބޯޓުގެ ކުދިކުދި ތަފްސީލުތައް ވެސް އެނގިފައިވާ ކަމަށް ސައިންވެރިން ހާމަކުރެ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ބައެއް ބައިތައް މައިގަނޑުން ވަކިވެ ފަނާވަމުން ދާއިރު ބައެއް ބައިތަކުގައި ވިނަޖަހައި ކަނޑުގެ ދިރުންތައް އެ ކައިވެސް ހަދަ އެވެ.
ސައިންސްވެރިން ބުނީ މި ފޮޓޯތަކަކީ ޓައިޓޭނިކްގެ ހާދިސާގެ ހަގީގަތް ހޯދުމަށް އިތުރު ބާރަކަށް ވާނެ ކަމެއް ކަމަށާއި އެއީ އެ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
1912 ވަނަ އަހަރު ކުރި ޓައިޓޭނިކްގެ ފުރަތަމަ ދަތުރުގައި ބޮޑު ގަނޑު ފެންގަނޑެއްގައި ޖެހި ހިނގި އެ ހާދިސާގައި 1500 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ޓައިޓޭނިކްއަކީ އެ ޒަމާނަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅަށް ހަދާފައިވާ ޕެސެެންޖާ ލައިނާ އެކެވެ. އެ ބޯޓުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު 4000 މީހުން އުފުލުމުގެ ގާބިލުކަން ލިބިފައިވެ އެވެ.