އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ތަރިކަ ކޮމިޓީގައި ދައްކަވާފައިވަނީ އެއްވެސް އަސްލެއް، އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު (ޖުހާ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ޒުހައިރު ފޮނުއްވި ސިޓީގައި ވަނީ މި މައްސަލައިގައި މިނިސްޓަރު ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި ބޮޑެތި އޮލުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޒުހައިރު ފޮނުވި ސިޓީގައި ވަނީ އެ މިނިސްޓްރީގެ ސިޔާސީ ވެރިންނާއި މަސްއޫލިއްޔަތުތައް ހަވާލުކުރައްވަނީ މެމޯގެ ޒަރިއްޔާއިން ކަމަށާއި ފްލައިން ސްކޫލާއި ގުޅޭ އެއްވެސް މެމޯއެއް މިނިސްޓަރު ނަހުލާ ސޮއިކުރައްވައި ނެރުއްވާފައި ނުވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ. ހަމައެހެންމެ، ވަޒީފާއާ ހަވާލުވެވަޑައިގެންނެވި ފަހުން އެއްވެސް ކަމަކާ ގުޅޭގޮތުން މިނިސްޓަރުގެ ފަރާތުން އީމެއިލްއެއް ވެސް ފޮނުއްވާފައި ނުވާ ކަމަށާއި އަދި އެކި ކަންކަމުގައި މިނިސްޓަރަށް ފޮނުއްވި އީމެއިލްތަކުގެ ޖަވާބު ވެސް ލިބިލައްވާފައި ނުވާ ކަމަށް ވެސް ޒުހައިރުގެ ސިޓީގައި ބަޔާން ކުރައްވާފައިވެ އެވެ.
ހަމަ އެއާއެކު ޒުހައިރުގެ އަމިއްލަ އިސްނެންގެވުމަކަށް ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކާއި އެ މައްސަލަ ދެނެގަތުމަށް ކޮމްޕްރިހެންސިވް ރިޕޯޓެއް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީގެ ބެއްލެވުމުގެ ދަށުން ތައްޔާރުކުރެއްވުމަށް އެދިވަޑައިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އީމެއިލްއިން ދެންނެވި ކަމަށް ވެސް ޒުހައިރު ވިދާޅުވެފައިވެ އެވެ.
ތަރިކަ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅު އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ފްލައިން ސްކޫލްގެ މައްސަލަ ރަސްމީ ސިފައެއްގައި އެކަމަނާގެ ސަމާލުކަން ލިބުނު ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރަށް އަދި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ޙުސެއިން ޖަލީލަށް ސީސީކޮށް، ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ އަށް އެކަމަނާގެ އިސްނެގުމުގެ މަތިން ވާނީ އީމެއިލް ގެ ޒަރިއްޔާއިން އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ މައްސަލަތަކާއި ގުޅޭގޮތުން ހުރި މައްސަލަތައް ދެނެގަނެ ކުދިންގެ ޝަކުވާތައް އަޑުއަހާ، ދަރިވަރުންގެ ފަރާތުންނާއި ފްލައިން ސްކޫލުގެ ބަސް ހޯދާ ޑެޕިއުޓީ މިނިސްޓަރު ހަމަދުގެ ބެލުމުގެ ދަށުން ކޮމްޕްރިހެންސިވް ރިޕޯޓެއް ތައްޔާރުކުރުމަށް އަންގާފައި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
އައްޑޫގައި ހިންގަމުން ފްލައިން ސްކޫލްގެ މައްސަލަ ބެލުމަށް ސްޓޭޓް މިނިސްޓަރު ޒުހައިރާއި ހަވާލު ކުރެއްވި ކަމަށާއި އެ މަސައްކަތް ޒުހައިރަށް ނުކުރެއްވުމާއި ގުޅިގެން އެ މަސައްކަތާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގަތް ކަމަށް ދޭހަވާ މޭރުމަކުން މިނިސްޓަރު ނަހުލާ ތަރިކަ ކޮމިޓީގައި ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އަތްދިޔޯއި. އެލައްޑަވައިލޫ ހަމަ މޮހައްރާޓެ ބޮލެ. ދެން 2 ގެރި ތަޅާހެން ތިޔަތަނުގެ 2 ވެރިން ތަޅާ. ކަން އޮންނާނީ އޮތްތާ. ޖުހޭ އޭއޭއޭ ގެ އެއްޗެއްގަ އަޅައިގަނެފަ އޮތްކަމަށް ލަފާވަނީ. އެނޫންނަމަ އެހާއެކު ބައްދަލުވެ އެޅެފަ މިދެމީހުން މިހާ ބާރު އަރުވާލާނެކަމަކަށް ނުފެނޭ.