މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ އިމާމު ކަމުގެ ޑިގްރީ ކޯސް ފުރިހަމަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބަނޑު އެއްބަފާ ތިން ބެއިން ރޭ ދަސްވެނިވެ ވަޑައިގެންފި އެވެ.
ރައީސް ޞާލިހުގެ އެއްބަނޑުއެއްބަފާ ތިން ކޮއްކޮއަކީވެސް ލޯފަން ބޭފުޅުންނެވެ. ތިން ބޭފުޅުންނަކީވެސް ހާފިޒުންނެވެ. އެއީ މޫސާ މުހައްމަދު ސޯލިހާއި އަބްދުﷲ ޝާޒްލީ އާއި ހުސެއިން ޝަޔާޒެވެ. އެ ތިން ބޭފުޅުން ވެސް ކިޔަވައި ވިދާޅުވީ އެކުގަ އެވެ.
ދަސްވެނިވެވަޑައިގެން ތިން ބޭފުޅުންނަށްވެސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސް ސޯލިހު އެވެ.
ތިން ބޭފުޅުންވެސް ފުރިހަމަ ކުރެއްވީ އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސް އިން ހިންގި އިމާމު ކޯހެވެ.
ރައީސް ސޯލިހުގެ ބައްޕާފުޅު، މުހައްމަދު ސޯލިހާއި މަންމާފުޅު މޫމިނާ ހުސެއިންފުޅަށް 17 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން ހަތަރު ބޭފުޅުން ވަރަށް ތުއްޕުޅު އިރު ވަނީ އަވަހާރަވެފަ އެވެ. އަދި މިހާރު ދުނިޔޭގައި ތިއްބެވީ އެއްބަނޑު އެއްބަފާ 11 ބޭފުޅުންނެވެ.
ނަމްޒާ ޕީއެސްއެމް ބޯޑަށް ޝަރުތު ހަމަވުމާމެދު ސުވާލު އުފެދިއްޖެ
ޖީއެސްޓީ އިސްލާހާ މެދު ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ނުރުހުން!
އީރާނު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އިން ފާސްކޮށްފި
