ގދ. ތިނަދޫ އައިސްޕްލާންޓުގައި މަސްވެރިންތަކެއް ނިކުމެ ތަޅު އަޅުވައިފި އެވެ.
ތިނަދޫގައި މަސްވެރިންތަކެއް ނިކުމެ ރެ ވަނީ ތިނަދޫގައި ހުންނަ އައިސްޕްލާންޓް ނުހުޅުވޭ ގޮތަށް ތަޅެއް އެޅުވުމަށް ފަހު އެ ތަޅުދަނޑި މޫދަށް އެއްލާލާފަ އެވެ. މަސްވެރިން ނިކުމެ އައިސްޕްލާންޓުގައި ތަޅު އެޅުވީ ހިތްހަމަނުޖެހި އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.
ތިނަދޫ އައިސްޕްލާންޓުގައި ތަޅު އެޅުވި މަސްވެރިން ބުނީ އެމީހުން ބާނާ މަސްކޮޅު އެތަނުން ކިރާނެ ގޮތެއް ނޯންނަކަމަށާއި ބާނާ މަހުގެ ބޮޑުބައެއް ނުކިރި ލަސްވުމާއި، މަސް ކިރުވަން ފަރެސްމާތޮޑާގެ ބަނދަރަށާއި ގއ. ކޫއްޑޫއަށް ދިގު ދަތުރަކު ދުއްވަން ޖެހޭ ކަމަށެވެ. އަދި އެޝަކުވާތައް ކަމާބެހޭ ފަރާތްތަކުގައި ކުރަމުން އަންނަތާ ވަރަށް ގިނަދުވަސް ވެއްޖެ ކަމަށް މަސްވެރިން ބުނެ އެވެ.
އެހެންވެ އެކަން އެގޮތަށް ކުރީ އެޝަކުވާތަކަށް ހައްލު ނުލިބުމުން ކަމަށް މަސްވެރިން ބުނެ އެވެ. ރޭ އިހުތިޖާޖް ކުރި މަސްވެރިން ބުނީ އެމީހުން ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނުވަނީސް އެތަން ނުހުޅުވޭނެ ކަމަށެވެ.
މަސްވެރިންގެ ޑިމާންޑު ތަކަކީ މިފްކޯގެ އިސްވެރިން ތިނަދޫއަށް ގޮސް މަސްވެރިންނާއެކު މަޝްވަރާކޮށް ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސް ކިރުވާ ނަމްބަރު ތިނަދޫ އައިސްޕްލާންޓުން ލިބޭނެ ގޮތް ހެދުމެވެ.
މަސްވެރިންގެ މިޝަކުވާތަކަކީ އަބަދުވެސް އެމަސްވެރިން ކުރަމުން އަންނަ ޝަކުވާތަކެކެވެ. އެއްވެސް ސަރުކާރަކަށް މަސްވެރިންގެ މިޝަކުވާތައް ހައްލުކޮށްދެވިފައި ނުވުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.
މިހާރު ތިޔަ ތިނަދޫމީހުންތިޔައީ އައްނި އަވާގަޖެހިގެން ވަކިދަވްލަތެއް ހަދަން އުޅޭ ބައެއްކަމަށް ބެލެވެނީ!