ބްރެޑް ޕިޓްއާއި އޭނާގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީ ހިއްސާވާ ވައިން ޔާޑެއްގެ އެންޖެލީނާއަށް ވީ ބައި ބްރެޑްއަށް ނޭނގި ވިއްކާލުމުން ބްރެޑް އެންޖެލީނާ ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި 160 މިލިއަން އެމެރިކާ ޑޮލަރުގެ އެ ވައިން ޔާޑަކީ އެދެތަރިންގެ ހިއްސާ ވެސް އެއްވަރަކަށް އޮންނަ ތަނެކެވެ. އެހެން ނަމަވެސް އެންޖެލީނާ ވަނީ ބްރެޑްއަށް އެންގުމެއް ނެތި އެ ތަނުގެ ދެބައިކުޅަ އެއްބައި ރަޝިއާގެ ބިލިއަނަރަކަށް ވިއްކާލާފަ އެވެ.

އެތަނުގެ އެއްބަސްވުމުގައި ވާގޮތުން އެ ދެމީހުންކުރެ އެއްވެސް މީހަކަށް އަނެކަކާ މަޝްވަރާ ކުުރުމެއް ނެތި އެތަނުގެ އެއްވެސް ނިންމުމެއް ނުނިންމޭނެ އެވެ.

މި އެއްބަސްވުމާ އެންޖެލީނާ ޚިލާފުވުމުން ބްރެޑްގެ ގާނޫނީ ވަކީލުން ވަނީ ލޮސް އެންޖެލަސްގެ ކޯޓެއްގައި އެ މައްސަލަ ޖައްސާފަ އެވެ. އެހެން ނަމަވެސް ރައްދުގައި އެންޖެލީނާގެ ވަކީލުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.

2019 ވަނަ އަހަރު ވަރިވުމަށްފަހު އެންޖެލީނާއާއި ބްރެޑް އަންނަނީ އެ ދެމީހުންގެ ދަރިންގެ ގާނޫނީ ބެލެނިވެރިކަމާއި މާލީ މުދާ ބަހާނެ ގޮތަކާ މެދު ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ.

އެ ދެމީހުންގެ ހަ ކުދިން ތިބޭއިރު ކުރީގެ ދެމަފިރިން އެކުގައި ހިއްސާވާ މިލްކިއްޔާތުގައި އެތައް މިލިއަން ޑޮލަރެއްގެ މުދާ ހިމެނޭ ކަަށް ރިޕޯޓުތައް ބުނެ އެވެ.