ގދ. ހޯޑެއްދޫން އިތުރު މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

މިއާއެކު އެ ރަށުން ޕޮޒިޓިވްވި އަދަދު ވަނީ 36 އަށް އިތުރުވެފަ އެވެ.

މިއީ އަތޮޅު ތެރޭގެ ރަށަކުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރަށެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ށ. ނަރުދޫންނެވެ. އެ ރަށުން 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ހޯޑެއްދޫން ޕޮޒިޓިވްވި މީހުންނާއެކު މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 93 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިންނެވެ. އަދި 26 މީހުންނަކީ ބިދޭސީންނެވެ. އަދި މިއަދު 71 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯޑެއްދޫން ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 31 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ފުރަބަންދުގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ހިމެނެ އެވެ. އެ ރަށުން މީގެ ކުރިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 34 މީހުންނެވެ.