ބައްޗަން ޚާންދާނުގެ ދަނބިދަރިއަކަށް އައިޝްވާރިޔާ ވުމުގެ ކުރިން އެ މަގާމު ލިބިލިބި ހުރީ ބޮލީވުޑްގެ ބާރުގަދަ އެހެން އާއިލާއަކަށް ނިސްބަތްވާ ކަރިސްމާ ކަޕޫރަށެވެ.
ދެހާހުގެ ކުރީކޮޅު އަބީޝޭކްއާއި ކަރިސްމާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އެ ގުޅުން ނިމުމަކަށް އައީ ކައިވެންޏަށް ތައްޔާރު ވަމުން އަންނަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން އެ އާއިލާގެ ދަނބިދަރިއެއްގެ ގޮތުގައި އަބީޝޭކްގެ މަންމަ ކަރިޝްމާ ބަލައިގަތް ކަމަށާއި އެ ދެތަރިންގެ ކައިވެންޏަށް މުޅި އާއިލާވެސް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށް ވެސް ބުނެވެ އެވެ.
އެގޮތުން އަބީޝޭކްގެ މަންމަ ޖާޔާ، ކަރިޝްމާ އޭނާގެ ދަނބިދަރިއެއްގެ ގޮތުގައި ތައާރަފް ކުރާ ވީޑިއޯއެއްވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ.
އެހެން ނަމަވެސް އެންމެ ފަހު ވަގުތު އަބީޝޭކްއާއި ކަރިޝްމާގެ ގުޅުން ނިމުމަކަށް އައި ސަބަބު މިއަދާ ހަމައަށް ވެސް މީޑިއާއަށް އޮތީ ނޭނގި އެވެ. އެކަމާ ބެހޭގޮތުން ބައްޗަން އާއިލާއާއި ކަޕޫރު އާއިލާއިން ވެސް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި އެދެތަރިންގެ ގުޅުން ނިމުމަކަށް އަންނަން ޖެހުނީ އަބީޝޭކް ކަރިޝްމާއަށް ބޭވަފާތެރި ވުމުންނެވެ. އޭރު ވެސް އަބީޝޭކާއި އައިޝްވާރްޔާގެ ގުޅުމުގެ ވާހަކަތައް ދައުުރުވަމުން ދިޔަ އެވެ.
ފަހުން ކަރިޝްމާ ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރާ ކައިވެނި ކުރިއިރު އަބީޝޭކްއާއި އައިޝްވާރްޔާ ރާއީގެ ކައިވެންޏަށް 2011 ވަނަ އަހަރު ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ. އެއީ އާރަދްޔާ ބައްޗަން އެވެ.