ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި އ އަޖޭ ދޭވްގަން އެކުގައި މަސައްކަތް ކުރި ގިނަ ފަންނާނުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތައް ފެތުރުނެވެ.

ނަމަވެސް ގިނަބައެއްގެ ސަމާލުކަން ހޯދާ މަޝްހޫރުވެގެން ދިޔައީ އަޖޭއާ ރާވީނާ ޓަންޑަންގެ ގުޅުމެވެ. ދެ ތަރިން އެކުގައި ފެނިގެންދިޔަ ފިލްމުތަކަށް ބަލާއިރު "ދިލްވާލޭ" އާއި "ގެއިރު" އަދި "އޭކު ހީ ރިސްތާ" ފާހަގަކޮށްލެވެ އެވެ. މި ދެމީހުންގެ ގުޅުން އެތައް ދުވަހަކަށް ދެމިގެންދިޔަ އެވެ.

އަޖޭ ރަވީނާއާ ރުޅިވެފައި ވަނީ ކަރިޝްމާ ކަޕޫރަށް އަޖޭގެ ހިތުން ޖާގަދެވިގެން ކަމަށް ހަބަރު ފެތުރިފައިވެ އެވެ. މިކަމުގެ ސަބަބުން ރަވީނާއަށް ލިބުނީ ބޮޑު ސިހުމެެކެވެ. ރަވީނާ އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމަށްވެސްވެ އެވެ.

ރަވީނާ ވަނީ އޭނާއަށް އަޖޭ ލިޔެފައިވާ ލޯބީގެ ސިޓީތަކެއް ހުރި ކަމަށް އިންޓަވިއުއެއްގައި ބުނެފަ އެވެ. އަދި އަޖޭވަނީ މިއީ ރަވީނާ މީހުންގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި އެ ސިޓީތައް ހުރިކަމަށް ވަންޏާ އެ އެއްޗެތި ދެއްކުމަށް އެދިފަ އެވެ.

އިތުރަށް އެ އިންޓަވިއުގައި އަޖޭ ބުނެފައި ވަނީ ރަވީނާއަކީ ވަރަށް ދޮގުހަދާ މީހެއް ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ނުދައްކައިފި ނަމަ މޮޔަވެދާނެ ކަމަށެވެ.

އަޖޭ މިހާރު ކައިވެނިކޮށް އުޅެނީ ވެސް މަޝްހޫރު ފިލްމީ ތަރި ކާޖޮލްއާ އެވެ. އެ ދެ މީހުންގެ ދެ ދަރިން ތިބެ އެވެ.