އެމެރިކާގެ ނިއު ޔޯންގެ އާޓް އެންޑް އެޑްވަޓައިޒިން ކުންފުންޏަކުން މައިކްރޮސްކޯޕިކް މިނިއޭޗާ ލަގްޒަރީ ދަބަހެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
ހަނޑޫ ފުކަކަށްވުރެ ކުޑަ އެ ދަބަހަކީ މަޝްހޫރު ލަގުޒަރީ ބްރޭންޑެއް ކަމަށްވާ ލުއީ ވިޓޯންގެ ދަބަހަކަށްވާއިރު އަންނަ ހަފްތާގެ ތެރޭގައި އެ ދަބަސް ނީލަމަށް ހުޅުވާލާނެ އެވެ.
މިކަން އިއުލާން ކުރަމުން އެ ކުންފުނީގެ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތިނޯހެއްގެ ވަދުން ވައްދާލެވޭހާ ކުޑަ އެ ދަބަސް ފެންނާނީ ހަމައެކަނި މައިކްރޮސްޕޯކުން ކަމަށެވެ.
މިފަދަ ދަބަހެއްގެ ބޭނުމަކީ ކޮބާތޯ ގިނަ ބަަޔަކު ސުވާލު އުފައްދައި ފާޑު ކިޔަމުން ދާތީ އެ ކުންފުނިން ބުނީ އެއީ ގިނަ ބައެއްގެ މަގުބޫލުކން ހޯދާފައިވާ ދަބަހެއްގެ ރަމްޒެއް ކަމަށެވެ.
މި ދަބަސް ނީލަމަށް ހުޅުވާކަން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ މީހުން އަންނަނީ އެ ކަމަށް ޖޯކު ޖަހަމުންނެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދާލުމަކީ މައްސަލައެއް ނޫން!
"ސްކިން ކެއާ ރޫޓިން" ބަދަލު ކުރަން ޖެހޭކަން އަންގައިދޭ 5 ކަމެއް!
250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގެ ބުއިންތައް މަނާ!