ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގާނޫނުއަސާސީ ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ފޮނުވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ އެކޮމިޝަންގެ މެމްބަރުންގެ އަދަދަކީ 10 މެމްބަރުންގެ ބަދަލުގައި 7 މެމްބަރުން ކަމުގައި ކަނޑައަޅާ މިހާރު އެކޮމިޝަންގައި އެކުލެވޭ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ސިވިލް ސާވިސްގެ ރައީސް އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ޖޭއެސްސީއަށް ހުށަހެޅި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓައި ހައިކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއިން ކޮންމެ ކޯޓަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް ކަމަށެވެ.
އަދުލު އިންސާފުގެ ދާއިރާއަކީ އިންސާފުވެރި ދާއިރާއެއް ކަމަށް ކަށަވަރުކޮށްދިނުމަށްޓަކާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު ވައިދުކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެ އެވެ.
މި އިސްލާހާއެކު ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރެވިއްޖެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.
ރޯދައަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
