ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

އެގޮތުން އެފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލުމާއި ގުޅިގެން ފިލްމުގެ ޓީޒާ ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. އެގޮތުން މިހާރު މިވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުންފެނިގެންދާ "ރޮނީ އޯރް ރަނީ ކީ ޕްރޭމް ކަހާނީ" ޓީޒާ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

މިޓީޒާއިންވެސް ކަރަންގެ ހުރިހާ ރަހަ އެއް ފެނިގެންދެ އެވެ.

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ މަންޒަރެއް

އަންނަ މަހު 28 ގައި މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމުގައި ފެނިގެންދާނީ އާއިލީ މައްސަލަތަކެވެ. މިއީ އާއިލީ ޑްރާމާ ފިލްމެކެވެ.

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ މަންޒަރެއް

ވިއަކޮމް18 ސްޓޫޑިއޯސް އާއި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމުގެ ޓީޒާއިންވެސް ލޯބި އާއި ޖަޒުބާތީ މަންޒަރުތައް ވަރަށް ފުރިހަމަށް ގެނެސްދީފައިވެ އެވެ. އަދި ރަންވީރު އާއި އާލިއާ ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރްމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނީ އަޒްމީ ވެސް ހިމެނެ އެވެ.

https://www.youtube.com/watch?v=HZAyjBMTiaM

ދަރްމާ ޕްރޮޑަކްޝަންސްގެ 'ރޮކީ އޯރް ރާނީ' ލިޔެފައިވަނީ އިޝީތާ މޮއިތުރާ އާއި ޝަޝަންކް ހައިތާން އަދި ސުމިތު ރޯއީ އެވެ.

ކަރަން ބުނީ މި ވާހަކައިގައި ލޯބީގެ ތަގުދީރު ކަނޑައަޅާނީ އާއިލީ ބާރުވެރިކަން ކަމަށެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަގުބޫލުތައް ފިލްމުތައް ގެނެސްދިން ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.