މިއަހަރުގެ ބޮޑު އީދުގެ އުފާ ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތޮއްޑުއަށް ވަޑައިގެންފި އެވެ. ރައީސް ސޯލިހު ތޮއްޑޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނަށް ހާއްސަކޮށް އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދެއްވާ ޖާފަތެއްގައި ރައީސް ޞާލިޙް ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ.
އަދި އީދާ ގުޅިގެން އެ ރަށުގައި ބާއްވާ ބައެއް ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަހާ ގުޅިގެން ތޮއްޑޫގައި ބާއްވާ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް ސޯލިހް ތޮއްޑު އަށް ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އީދު ފާހަގަކުރުމަށް ތޮއްޑޫގައި ކުޅިވަރުގެ ގިނަ ހަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހަވާ އެރުވުމާއި ލައިޓްޝޯވވެސް އޮންނާނެ ކަމަށް މައުލޫމާތުލިބެ އެވެ.
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި