ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރު ޚާން އެމީހުންގެ ދަރިންނާއެކު އިނގިރޭސި ވިލާތުގެ ލަންޑަންގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ސައިފްގެ އާއިލާގެ ޗުއްޓީގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނައިރު އެ އެމީހުން އަންނަނީ އާއިލާގެ އެހެން މެމްބަރުންނާއި ބައެއް ރަހުމަތްތެރިންނާއެކު ލަންޑަންގައި ވަގުތު ހޭދަ ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން އިންޓަނެޓަށް ދޫވި ފޮޓޯގައި ކަރީނާ އޭނާ ދޮޮށީ ދަރިފުޅު ތައިމުރްއާއެކު ލޯބި ފޮޓޯއަކަަށް ހުއްޓިގެން ހުންނަ މަންޒަރު ފެނެ އެވެ.

ކަރީނާއާއި ތައިމޫރް

މި ފޮޓޯ ހިއްސާ ކުރަމުން ސައިފްގެ ކޮއްކޮ ސަބާ އަލީ ޚާން ބުނެފައިވަނީ މަންމައާއި ދަރިފުޅުގެ ޖޯޑަކީ "ޕާފެކްޓް" ޖޯޑެއް ކަމަށެވެ.

ފޮޓޯގައި ކަރީނާ އާދައިގެ ޓީޝާޓަކާއި ޖިންސެއްގައި ލައިގެން އިސްތަށިގަނޑު ނިއުޅުވާލައިގެން އިންނަތަން ފެންނައިރު ތައިމޫރު ފެންނަނީ މަޑުފެހި ކުލައިގެ ޓީޝާޓެއްގަ އެވެ.

ސައިފްއާއި ކަރީނާއަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ދޮށީ ދަރިފުޅު ތައިމުރް އަލީ ޚާންއާއި ހަގު ދަރިފުޅު ޖެހަންގިރް އަލީ ޚާން (ޖެހް) އެވެ.

މި ދެމަފިރިންނަކީ އާއްމުކޮށް އެ ދެމީހުންގެ ކުދިންނާއެކު އިންޑިއާގެ އިތުރުން ވެސް އެހެން ތަންތަނުގައި ވަގުތު ހޭދަކުރާ ދެމަފިރިންނެވެ.