ދުވަސްތަކަަކަށްފަހު ސްކްރީންތަކަށް އަންނަ އެމްބާ ހާޑްގެ ފިލްމު "އިން ދަ ފަޔާ" ޕްރިމިއާ ކުރަން ތައްޔާރު ވުމާއެކު ހޮލީވުޑްގައި މައްސަލަ ބޮޑު ވެއްޖެ އެވެ.

އެމްބާގެ ފިލްމު ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ އިޓަލީގެ މަޝްހޫރު ފިލްމު ފެސްޓިވަލްއެއް ކަމަށްވާ ތައޯރްމިނާ ފިލްމު ފެސްޓިވަލްގަ އެވެ.

މި ފެސްޓިވަލްގައި އެމްބާގެ ކުރީގެ ބައިވެރިޔާ ޖޯނީ ޑެޕްގެ ފިލްމެއް ވެސް އަޅުވަން ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ ދެމަފިރިންގެ މެދުގައި މައްސަލަ ބޮޑުވެ ކޯޓުން މައްސަލަ ނިންމާފައިވާއިރު އެ ދެމީހުންގެ ފިލްމު ފެސްޓިވަލްގައި ހިމެނުމަކީ ވިޔަފާރި ފައިދާއަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެމްބާގެ ސަޕޯޓަރުން މި ނިންމުމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުން އަންނައިރު ޑެޕްގެ ސަޕޯޓަރުން އަންނަނީ މަކަރުވެރިއެއްގެ ފިލްމު ޕްރޮމޯޓް ކުރާތީ އެ ފެސްޓިވަލް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފަ އެވެ.

މިއާއެކު ހޮލީވުޑްވެސް ވަނީ ދެބައިވެފަ އެވެ. ހޮލީވުޑްގެ ބައެއް ތަރިން އެމްބާއަށް ތާއީދުކުރާއިރު އަނެއްބައަކު ތިބީ ޑެޕްއާ އެއްކޮޅުގަ އެވެ.

ގެވެށި އަނިޔާ ކުރި ކަމަށް ބުނެ އެމްބާ ޑެޕްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވުމުން އޭގެ ބަދަލުގައި ޑެޕް ވަނީ އެމްބާ އޭނާ ބަދުނާމު ކުމަން މަސައްކަތް ކުރާ ކަމަށް ބުނެ މައްސަލަ ހުށައަޅާފަ އެވެ.

މި ދައުވާ ސާބިތުވެ އެމްބާއަށް ވަނީ ޑެޕްއަށް ބަދަލުގެ ގޮތުގައި އެތައްހާސް ޑޮލަރެއް ދައްކަން ޖެހިފަ އެވެ. މި މައްސަލާގައި ހޮލީވުޑްގެ އިތުރުން އާއްމުންގެ މެދުގައި ވެސް ބަހުސްތަކެއް ކުރެވިފައިވެ އެވެ.