ގޮތް ނޭނގޭ އެއްޗިހިތަކެއް އަޅާފައި ހުރި ޕެކެޓްތަކެއް، ބ. ފުޅަދޫއަށް ލައްގައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުޅަދޫއަށް އެ ޕެކެޓްތައް ލައްގާފައި ހުއްޓައި ފެނުނު މީހުން އެތަކެތި ފުލުހުންނާ ހަވާލުކުރީ އެއީ މަސްތުވާތަކެތީގެ ބާވަތެއް އަޅާފައި ހުރި ޕެކެޓްތަކެއް ކަމަށް އެތަކެތި ފެނުނު މީހުންނަށް ބެލެވޭތީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮތް ނޭނގޭ އެއްޗިހިތަކެއް ފުޅަދޫ ގޮނޑުދޮށަށް ލައްގާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މީގެކުރިން ފުލުހުން ވަނީ ރާއްޖޭގެ ކަނޑުފަޅުތަކުން މަސްތުވާތަކެތި އަޅާފައިވާ ގިނަ އަދަދެއްގެ ޕެކެޓުތަކެއް ހޯދައިފަ އެވެ.
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
