މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙްމަދު އުޝާމް ހަމަޖައްސަވައިފި އެވެ.
އެމްއެންޕީން ބުނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް ވަނީ ހަމަޖައްސަވާފަ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުން ކަނޑައަޅާފައިވަނީ އެޕާޓީގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.
ޖޭޕީގެ ޓިކެޓުގައި ގާސިމް އިބްރާހިމް، ވާދަކުރައްވާއިރު ގޮތުން އުމަރު ނަސީރާއި ޑރ މުހައްމަދު މުނައްވަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަ އެވެ.

ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
ތެލުގެ އަގު 100 ޑޮލަރަށް އުފުލި ހިއްސާގެ ބާޒާރުތައް ދަށަށް
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!