ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ އާއިލީ ޗުއްޓީ މިފަހަރު ހޭދަކޮށްފައި ވަނީ ޔޫރަޕުގަ އެވެ. މި ޗުއްޓީގެ ފޮޓޯތައް ވެސް ކަރީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފަ އެވެ. މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ކަރީނާ ޔޫރަޕްގެ ގިނަ ފޮޓޯތަކެއް ހިއްސާ ކުރަމުން އަންނައިރު، އެ މީހުން ޗުއްޓީ ހޭދަކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ފުރަތަމަ ފޮޓޯގައި ކަރީނާ ފެންނަނީ ހިނިތުންވެލައިގެން ހުރެ ސައިފް އާއި އޭނާގެ ކުދިން މަސް ބޭނުމުގައި އުޅޭ މަންޒަރު ބެލުމަށް އިންނަ ތަނެވެ. މިފޮޓޯއިން ތައިމޫރާއި ޖަހަންގިރު ސައިފް އާއެކު މަސް ބޭނުމުގައި އުޅޭތަން ވެސް ފެނިގެންދެ އެވެ.

ކަރީނާ އާއި ސައިފް ދަރިން ގޮވައިގެން މަސް ބޭނުމުގައި..

އަނެއް ފޮޓޯއިން ފެންނަނީ ސައިފް އެންކޮޅު އަޅައިގެން މަސްވެރިކަމަށް ދޮށި ތައްޔާރު ކުރަމުން ދަނިކޮށްނެވެ. ކައިރީގައި ޖޭހް އަށް އެހީތެރިވާނެ މީހަކު ވެސް ހުރެ އެވެ.

ތަފާތު ތަސްވީރެއްގައި ސައިފް އާއި ތައިމޫރު މަސްވެރިކަމުގެ ދޮށިތައް ހިފައިގެން ތިބި މަންޒަރު ފެންނަނީ ހަމަހިމޭން ލޭކް ކައިރީގަ އެވެ.

ކަރީނާ އާއި ސައިފް

ކަރީނާ ކަޕޫރު އަންނަނީ އެމީހުންގެ އާއިލީ ޗުއްޓީގެ ބައެއް ސްނެޕްޝޮޓްތައް ހިއްސާ ކުރަމުންނެވެ.

މީގެ ކުރިން ކުރި ޕޯސްޓެއްގައި އޭނާ ވަނީ ފަހި ފެހިކަމުގެ ތެރޭގައި ޕޯޒްކޮށްފައި ކަމަށާއި ފަހަތުގައި ފަރުބަދައަކާއި ހަމަހިމޭން ކޮޓަރިއެއް ހުރިކަން ފާހަގަކުރަމުނެނެވެ.

ކަރީނާ އާއި ސައިފް އެމީހުންގެ ދެ ކުދިންނާއެކު

މީގެ ކުރިން ވެސް ސައިފް އާއި ކަރީނާ ވަނީ ދެ ކުދިން ގޮވައިގެން ޗުއްޓީއަށް އެކި ގައުމުތަކަށް ދަތުރުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ވެސް މީގެ ކުރިން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

ކަރީނާ ދެން ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ޕްރޮޑިއުސްކުރާ "ދަ ކްރޫ" ހިމެނެ އެވެ.