ޖޯން އަބްރަހަމް އާއި އެމްރާން ހަޝްމީގެ ފިލްމު "މުމްބާއީ ސާގާ" އަކީ ފިލްމު އިއުލާނު ކުރީއްސުރެ ގިނަ ބަޔަކު ބަލާލަން ބޭނުންވެފައި އޮތް ފިލްމެކެވެ.
މި ފިލްމުގައި ޕްރަތީކް ބައްބަރް، ރޯނިތް ރޯއީ، ސުނިލް ޝެޓީ، ގުލްޝަން ގްރޯވާ އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ. ޖޯން އަބްރަހަމް ގޭންގްސްޓާރެއްގެ ރޯލުން ފެނިގެންދާއިރު، އެމްރާން ހަޝްމީ ފެނިގެންދާނީ ޕޮލިހެއްގެ ރޯލުންނެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ވަނީ ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރަން ނިންމާފަ އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ މި ފިލްމު އެމޭޒަން ޕްރައިމް ވީޑިއޯ އަށް ވިއްކާލާފައިވަނީ 65 ކްރޯޑު ރުޕީސް އަށެވެ.
މި ފިލްމުގެ އިތުރުން ކާތިކް އާރިޔަންގެ ފިލްމު "ދަމާކާ" އަދި ސާންޔާ މަލޯޓްރާގެ "ޕަގްލައިޓް" ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގަ އެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
ސައޫދީ އެއާ ބޭސް ހަމަލާގައި އެމެރިކާގެ 5 ބޯޓަށް ގެއްލުންވި
