ދަރިފުޅު އާރަދްޔާ ބައްޗަންއަށްޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށާއި އެކަމަށް ހުރަސް އަޅާ ކޮންމެ މީހަކު ވެސް ހުއްޓުވާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު އަބީޝޭކް ބައްޗަން ބުނެފި އެވެ.
އަބީޝޭކް މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ގޫމަރް"ގެ ޕްރޮމޯޝަންތަކުގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ފިލްމީ އަދި ޒާތީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން އޭނާއަށް އެންމެ މުހިއްމީ އާއިލާ ކަމަށާއި ދަރިފުޅު އާރަދްޔާއާއި އަންހެނުން އައިޝްވާރްޔާއާ ނުލައި އޭނާގެ ދުވަސް ފުރިހަމަނުވާ ކަމަށް ވެސް އަބީޝޭކް ބުންޏެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޮލީވުޑަށް އައުމަށް ނިންމީ ކީއްވެގެންތޯ ސުވާލު ކުރެވެމުން އަބީޝޭކް ބުނީ އޭނާއަށް ރަނގަޅު ރޯލެއް ލިބުމުން އެކަމަށް އާއެކޭ ބުނީ ކަމަށެވެ.
"ގޫމަރު" ސްކްރީންތަކުގައި އަޅުވައި ދައްކަމުން އަންނައިރު އެ ފިލްމަށް އާއްމުންނާއި ފިލްމް ކްރިޓިކްސްގެ ފަރާތުން ވެސް ފާޑުކިޔުން އަންނަނީ ލިބެމުންނެވެ.
އެގޮތުން އަބީޝޭކްގެ ބައްޕަ އަމީތާބް ބައްޗަން ވަނީ އޭނާގެ ދަރިފުޅަކީ އޭނާގެ ފަޚުރު ކަމަށް ބުނެ އަބީޝޭކަށް ތައުރީފް ވެސް ކޮށްފަ އެވެ.
އަބީޝޭކް އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިފައިވަނީ 2018 ވަނަ އަހަރު ނުކުތް ފިލްމު "މަންމަރްޒިޔާން" އިންނެވެ.