ގދ. ގައްދޫ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ އައިވީ ފުޅިތަކެއް ކުޑަ ކުއްޖަކަށް ދިން މައްސަލަ އެއް ފެންމަތިވެ، ގައްދޫ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައި ހުރި އައިވީ ފުޅިތަކެއް ބޭނުން ކުރާކަން ހާމަވީ އެޑްމިޓް ކޮށްފައި އޮތް ކުޑަކުއްޖަކަށް އައިވީ ގުޅިވަގުތު އެކުއްޖާގެ ބެލެނިވެރިންނަށް ފެނުމުންނެވެ. އެ އައިވީ ފުޅިތަކަކާ މިދިޔަ ޖުލައި މަހު މުއްދަތު ހަމަވެފައިވާ އައިވީ ފުޅިތަކެކެވެ.
އެމައްސަލާގައި ގައްދޫ ރައްޔިތުން ނިކުމެ މިހާރު ވަނީ ސިއްހީ މަރުކަޒު ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަން ފަށައިފަ އެވެ. އައިވީ ފުޅިތަކަކީ މުއްދަތު ހަމަވެފައިވާ ފުޅިތަކެއްކަން އެންގުމުން ހޮސްޕިޓަލުން ވަނީ އެފުޅިތައް ފޮރުވާފަ އެވެ.
އާންމުން އެއްވެ މުޒާހަރާކޮށް ސިއްހީ މަރުކަޒަށް ވަންނަން އުޅުމުން ފުލުހުން އެސަރަހައްދަށް ގޮސް ވަނީ ސިއްހީ މަރުކަޒުގެ އެތެރެއިން ތަޅުލާފަ އެވެ.
މާދަމާރޭ ބާއްވަނީ 2024ގެ ސްޕޯޓްސް އެވޯޑް: ކުޅިވަރު މިނިސްޓްރީ
ރޯވި ދީނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ފިލާ ސަމުސާއިން ގެއްލުން ލިބޭތަ؟
