މީހަކު ރަހީނުކޮށް އޭނާގެ ފައިސާތައް ފޭރުނު ކަމުގެ ތުހުމަތުގައި މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ހައްޔަރުކޮށްފި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މާލޭގެ ގެއެއް ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރުމުގައި ސްޓެޕް އައްޔަ އާއި އިތުރު ބަޔަކު ބައިވެރިވެ އެވެ.
މީހަކު ރަހީނުކޮށް އެ މީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފަ އެވެ.
މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އައްޔަ ހައްޔަރުކުރީ އިއްޔެ އެވެ.
ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި އައްޔަ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދަން ފުލުހުން މިމަހުގެ 16 ވަނަ ދުވަހު އިއުލާނުކުރި އެވެ.
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
މުއިއްޒާއި ޝިޔާމް ހަދަނީ ދޮގު، އިހުތިޖާޖު ހުއްޓާނުލާނަން