ހއ. ދިއްދޫއާއި އެ އަތޮޅު ކެލާއިން ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްއީއޯސީން މިއަދު ބުނީ އެ ދެ ރަށުން ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ.
އެ ސެންޓަރުން ބުނީ ދިއްދޫން ޕޮޒިޓިވްވީ 22 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ކެލާއިން ޕޮޒިޓިވްވީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްއީއޯސީން ބުނީ އެ މީހުން ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުން ކަމަށެވެ.
ދިއްދޫން ޕޮޒިޓިވްވި މީހާއާއެކު އެރަށުގައި މިވަގުތު ހަތަރު މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ކެލާއިން މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް 8،900 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 6،559 މީހުން ރަނގަޅުވެ 31 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 2،310 މީހަކަށެވެ.

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
ރޯދަ މަހު ކެއިންބުއިމުގައި މޭވާ ހިމަނަންވީ ގިނަ ސަބަބުތަކެއް!
