ހުޅުމާލޭގައި ގެންގުޅުނު އޮސްޓްރިޗަށް ހަމަލާދީ، ފައި ބިންދާލުމުން މަރުވެއްޖެ އެވެ.
ހުޅުމާލޭ ފަރުކޮޅުފުށީގައި ގެންގުޅުނު އެ އޮސްޓްރިޗްގެ ވެރި ފަރާތުން މިއަދު ސޯޝަލް މީޑިއާގައި ބުނީ ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އޮސްޓްރިޗަށް ހަމަލާދީ، ފައި ބިންދާލާފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ނެނޭގޭ ކަމަށް އޭނާ ބުންޏެވެ.
އޮސްޓްރިޗަށް ފަރުވާދޭނެ ބަޔަކު ހޯދަން ވެސް އޭނާ އިއުލާންކުރި އެވެ. އެކަމަކު ލިބުނު އަނިޔާތަކުގައި އޮސްޓްރިޗް މިއަދު ވަނީ މަރުވެފަ އެވެ.
އޮސްޓްރިޗަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އެ އޮސްޓްރިޗް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ މާލޭގެ ގެއެއްގެ ދޮރުމަތީ ހުއްޓާ ނެގި ފޮޓޯއެއް އާންމުވުމުންނެވެ.
އެ އޮސްޓްރިޗަކީ އީރާނުން ގެނައި ބިހަކުން އުފަންވި ދޫންޏެކެވެ. އެ ބިސްތައް ގެނައީ ފިޝަރީޒް މިނިސްޓްރީގެ ހުއްދައިގެ ދަށުންނެވެ.
އެ މިނިސްޓްރީން ހުއްދަ ދީފައި ވަނީ ދޫނި ފާމެއްގައި އޮސްޓްރިޗް ގެންގުޅުމަށެވެ.
"ޑްރަގް ވިޔަފާރިކުރާ މީހާ މަރުވަންދެން އޮންނަންޖެހޭނީ ޖަލުގައި"
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" ނެރެފި
އައްޑޫ ޑްރަގް ނެޓްވޯކްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި
