ދުނިޔޭގެ ޖައްވީ އިދާރާ ނާސާއިން ފުރަތަމަ ފަހަރަށް ޖައްވުގައި އެނބުރޭ ގިނިހިލައެއްގެ ސާމްޕަލް ފޮޓޯއެއް އާއްމުކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ގިނިހިލައިގެ ސާމްޕަލް ނަގާފައިވަނީ މީގެ 17 ދުވަސް ކުރިން ނިންމާލި ހަނދުގެ މިޝަންއެއްގެ ބައިވެރިންނެވެ.

އެ ސާމްޕަލް ގެނެސް ކުރި ދިރާސާތަކުން އެނގުނު ގޮތުގައި އޭގައި ގިނަ އަދަދަކަށް ކާބަންއާއި ވޯޓާ-ލެޑަން މެޓީރިއަލްސް އެކުލެވެ އެވެ.

ބުނެވޭ ގޮތުގައި މި ސާމްޕަލްތަކަކީ ބެނޫ ކިޔުނު ގިނިހިލައަކުން ނެގިފައިވާ ސާމްޕަލް އެކެވެ. ކަޅުކުލައިގެ ވިދާ ޕައުޑަރެއްހެން ފެންނަ ސާމްޕަލްއަކީ އެ ގިނިހިލައިން ނެއްޓިފައިވާ އެތިކޮޅުތަކެެކެވެ.

ގިނިހިލައަކީ އިރުގެ ވަށައިގެން އެނބުރޭ ކުދި ގާކޮޅުތަކެއް ފަދަ އެއްޗެހި ތަކެކެވެ. މިއީ ޕްލެނެޓްތައް ފަދައިން އިރު ވަށައި އެނބުރޭ ތަކެއްޗަށް ވިނަމަވެސް "ސޯލާ ސިސްޓަމް"ގެ ބައެއް ނޫނެވެ.