ގެމަނަފުށީގައި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވާ "އޯކިޑް 707" ބިންދައިގެން ގޮސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ދޯނި ބިންދައިގެން ދިޔައީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމަށެވެ.

އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ 10 ދިވެހިންނާއި 13 ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް ‘ ދޮށިމޭނާ’ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ގެމަނަފުށީ މަސް ދޯންޏަކަށް މިފަދަ ހާދިސާއެއް މެދުވެރިވި އެވެ.

ދޯނި ބިންދައިގެން ދިއުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައިވާ ކަމެކެވެ. އެގޮތުން ގެމަނަފުށީގެ އިތުރު މަސް ދޯންޏެއް ވެސް މީގެ ކުރިން މިގޮތަށް ބިންދައިގެން ގޮސްފައިވެއެވެ.