ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް ކަމަށް ވިޔަފާރިވެރިޔާ އާމިރު މަންސޫރު އިންތިހާބު ކޮށްފި އެވެ.

ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަމަށް އާމިރު އިންތިހާބުކުރީ މާގިރި ހޮޓެލްގައި ކުރިއަށް ދިޔަ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. މީގެ އިތުރުން ބޯޓިން އެސޯސިއޭޝަންގެ އެކްޒެކެޓިވް ބޯޑުގެ މެމްބަރުންގެ ދައުރު ހަމަވެފައިވާތީ ބޯޑަށް މެމްބަރުންވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބު ކޮށްފައި ވަނީ އައިމިނަތު ސޮލާހެވެ.

  1. ރައީސް - އާމިރު މަންސޫރު
  2. ނައިބު ރައީސް - އާމިނަތު ސަލާހް
  3. ހަޒާންދާރު - އަހުމަދު އިބްރާހީމް
  4. މަރިޔަމް މާއިޝާ (މާއި) - ސެކްރެޓަރީ ޖެނެރަލް އަދި އެގްޒެކެޓިވް ބޯޑު މެންބަރު

އެކްޒެކެޓިވް ބޯޑުގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ:

  1. އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)
  2. އަހުމަދު އަފްރާހް
  3. އިބްރާހީމް ޝާހިދު
  4. އަހުމަދު ޒުބައިރު އާދަމް
  5. އަބްދުﷲ ނަޝީދު
  6. ހުސައިން އަމާން
  7. އިސްމާއިލް ޝަރީފް
  8. ހަސަން ހަލީމް

ބޯޓިން އެސޯސިއޭޝަންގެ ކުރީގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވަނީ ވޭތުވެދިޔަ 16 އަހަރު އެ ޖަމިއްޔާ އިން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްފަ އެވެ.