ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު"ގެ ޓްރެއިލާ އަންނަ މަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.
މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އާޝާ އާއި ޝަރަފު ފެނިގެންދާ "މީ އިޝްގު" އަންނަ އަހަރު ރިލީޒކުރުށް ނިންމާފައިވާއިރު މިފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލާފަ އެވެ. މި ފިލްމަކީ މި ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. ޝަރަފާއި އާޝާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.
"މީ އިޝްގް" އަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ ކުރިން ދެ ވެބް ސީރީޒެއް ގެނެސްދިނެވެ. އެއީ "ދަރަކަ" އާއި "މިރާއީ" އެވެ.
ޑާކް ރެއިން ގެނެސްދޭ މިފިލްމުގެ ޓްރެއިލާ އަންނަ މަހުގެ ފުރަތަމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
"މީ އިޝްގު" ގެ ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާ އަށް ފިލްމު ގެންދިޔަ ނަމަވެސް އޮލިމްޕަހަށް ފިލްމު ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބީއޯސީގެ އެކައުންޓަކުން ޑޮލަރު ވަގަށްނެގި މެނޭޖަރަށް ޖަލު ހުކުމް
"ރާއްޖޭގައި ކޮންމެ 5 މީހަކުން 1 ނަފްސާނީ ބަލި ތަހައްމަލުކުރޭ"
އިތުރު ހަތަރު ގައުމެއްގައި އެމްބަސީ ހުޅުވަނީ