ދައުލަތުގެ މީޑިއާ ކުންފުނީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނިއުސް ހެޑް މުހައްމަދު އަފްޒަލް (އަފޭ) ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ކުންފުނީގެ ނިއުސް ހެޑްގެ މަގާމުން އަފްޒަލް ވަކީ ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމްއަށް އަލަށް އައްޔަންކުރި މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އަފްޒަލް މަގާމުން ވަކިކުރުމަށްފަހު ނިއުސް ރޫމް ހިންގަން ހަވާލުކުރީ ޒީނާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ހުސެއިން އަމީންއާ އެވެ.

ޕީއެސްއެމްގެ ސީނިއާ ޖާނަލިސްޓް އަމީން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ގދ. އަތޮޅުގެ ކެމްޕޭންގައި ހަރަކާތްތެރިވެފަ އެވެ. އެ ކެމްޕޭންގެ ފަހު ދެ ހަފުތާގައި އޭނާ އެ ހަރަކާތްތަކުގައި އުޅުނީ އަމީން ވީއްލައިދޭން އެމްޑީޕީން އެދިގެން ކަމަށް ވެސް އެނގިފައިވެ އެވެ.

ޕީއެސްއެމްގެ ނިއުސް ހެޑްގެ މަގާމުގައި ހުރި މުހައްމަދު އަފްޒަލް (ކ) ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަނީ.

ވިއްސަކަށް އަހަރު ދައުލަތުގެ މީޑިއާގެ ނިއުސް ރޫމްގެ އިސް މަގާމުތަކެއް އަދާކުރި އަފްޒަލް ވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ނިއުސްރޫމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އޭގެ ފަހުން 2013ގައި އައި ޕީޕީއެމްގެ ވެރިކަމުގައި ވެސް އަފްޒަލް ހުރީ ނިއުސް އެޑިޓަރުގެ މަގާމުގަ އެވެ. އަދި މިދިޔަ ދައުރުގައި އޭނާ ހުރީ ޕީއެސްއެމްގެ ނިއުސް ހެޑްގެ މަގާމުގަ އެވެ.