އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަނިޔާ ލިބެމުންދާ އެ ސަރަހައްދުގެ ކުޑަކުދިންނަށް ދެމެހެއްޓެނިވި އިންސާފު ހޯދައިދިނުމަށް ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ގޮވާލައިފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާގެ ކުޑަކުދިންގެ އިންސާނީ ހައްގުތަކަށްޓަކައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
މި ބުނުމަކީ ޔުނިސެފްގެ އެގްޒެކިއުޓިވް ޑިރެކްޓަރު ކެތަރީން ރަސެލް ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ނަގާފައިވާ ބަސްކޮޅެކެވެ. އެ ބަސްކޮޅު އެންމެ ފުރަތަމަ ހިއްސާކުރީ ވެސް ޔުނިސެފުންނެވެ.
ޕްރިޔަންކާއަކީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދުނިޔޭގެ ނަން މަޝްހޫރު ތަރިން ސޮއިކޮށް އެމެރިކާގެ ރައީސަށާއި މަޖިލީހަށް ފޮނުވި ޕެޓިޝަންގައި ބައިވެރިވި އެއް ތަރި އެވެ.
މިދިޔަ ނޮވެމްބަރު މަހު ފޮނުވި އެ ޕެޓިޝަންގައި ޕްރިޔަންކާގެ އިތުރުން ރިޗާޑް ގެރޭ، ހަސަން މިންހާޖު، ގިގީ ހަދީދް އަދި ބެލާ ހަދީދް ފަދަ ތަރިން ހިމެނެ އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮލީވުޑާއި ބޮލީވުޑްގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" ނެރެފި
މުޅި ލ. ގަމަކަށް އަލުން ކަރަންޓް ދީފި