ވިލާ ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ ވިލާ މާޓް 5 ގައި "ޝޮޕް އެންޑް ވިން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވިލާ މާޓުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން 100ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްގެން ކޫޕަނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެ ހަފްތާއެއްގެ ނަސީބުވެރި ފަރާތް ހޮވާނެ އެވެ. ކޫޕަން ލިބޭ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރި ފަރާތަށް ވިލާ މާޓްގެ އެކްސްކްލޫސިވް ޕްރޮޑަކްޓްތައް އެކުލެވޭ ހަދިޔާއެއް ލިބޭނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.
ވިލާ މާޓު 5 އިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުންނާނެ އެވެ.
ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެ އެވެ. މި މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާ މާޓު ވެބްސައިޓުންނާއި އެޕުން އޯޑަރު ކޮށްލުމުން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 އަށް ޑެލިވަރީ ކޮށްދެ އެވެ.
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ