ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދައިފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ހުރިހާ ބަރަހަނާ ސައިޓުތައް ބްލޮކް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަންގައިފަ އެވެ.
އަދި އެ ނިންމުމާ އެއްގޮތަށް އިއްޔެ އިން ފެށިގެން ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ކަމަށްވެ އެވެ.
މި ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ރަސްމީ އެއްވެސް ޖަވާބެއް ނުދެ އެވެ. އަދި ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ދިރާގާއި އުރީދޫގެ އިންޓަނެޓް ބޭނުންކޮށްގެން މިހާރު ބަރަހަނާ ސައިޓުތަކަށް ނުވަދެވެ އެވެ.
މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ހެދި ފުރަތަމަ ފަހަރެވެ.

ރޯދަ ހިފުމުގެ ނަފްސާނީ ފައިދާތަކަށް ނަޒަރެއް!
ގެއްލުމުގެ ބަދަލު ކަނޑައެޅި އޮޑިޓް ރިޕޯޓް ހަވާލުކުރަން ހުކުމެއް
400 ޑޮލަރުގެ އަވާމެންދުރެއް: ސަރުކާރުން ހަދަނީ ދަންތުރައެއް
ތިޔަކުރެވުނީރަނގަޅުކަމެއް