ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރުން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲގެ ކުރިއަށް އޮތް ފިލްމު "މީ އިޝްގް"ގެ ލަވަޔަކަށް ޓިކްޓޮކް ހަދައިގެން އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޒުވާން ޑައިރެކްރު އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ "މީ އިޝްގް"ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު މިފިލްމުގެ ބައެއް ލަވަތައްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

އަންނަ ޖެނުއަރީ ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރާ މިފިލްމުގެ ޓިކެޓް މިހާރު ވިއްކަމުން އަންނައިރު މިފިލްމާއި ގުޅިގެން ބެލުންތެރިންނަށް ޓިކްޓޮކް ޗެލެންޖެއް ވަނީ ހުޅުވާލާފަ އެވެ.

"މީ އިޝްގު"ގެ ޓީމުން ބުނީ އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކަށް އިނާމެއްގެ ގޮތުގައި 2،500ރ. ގެ އިތުރުން ފިލްމުގެ ޕްރީމިއާ ޝޯ އިން ދެ ޓިކެޓް ލިބޭނެ ކަމަށެވެ.

https://www.facebook.com/permalink.php?story_fbid=301492276216713&id=100090678297300&ref=embed_post

މި ޓިކްޓޮކް ޗެލެންޖްގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ ލަވައަކަށް ޓިކްޓޮކް ހަދާފައި #މީއިޝްގު ޖަހާފައި އަޕްލޯޑްކުރާނީ އެވެ. އަޕްލޯޑްކުރާ އިރު، ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ޓިކްޓޮކް އެކައުންޓް @ޗުވީޓްއާޝާ2 ޓެގްކުރަން ޖެހޭނެ އެވެ.

https://www.youtube.com/watch?v=zM4FKAIbtSI

އަންނަ އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ދިވެހި ފިލްމު ސްޓޫޑިއޯ އިން ބެލުންތެރިންނަށް ދޫކޮށްލާ "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.