މި ފެށުނު އާ އަހަރާ ގުޅުވައިގެން އެކުވެރި އަރަބި އިމާރާތުގެ ވެރިކަންކުރާ އަބޫދާބީގައި ރޭ ހަވާ އެރުމުގެ ރެކޯޑު ޝޯއެއް ބާއްވައިފި އެވެ.
ވަތުބާގައި ކުރިއަށްދާ ޝައިހް ޒައިދު ފެސްޓިވަލްގެ ތެރެއިން ބޭއްވި އެ ހަވާ އެރުމުގެ ޝޯ މެދުނުކެނޑި 40 މިނެޓު ވަންދެން ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއާއެކު އެ ޝޯވަނީ ދުނިޔޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ދިގު ހަވާ އެރުވުމުގެ ޝޯގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
ޝައިހް ޒައިދު ފެސްޓިވަލްއަކީ ހުރިހާ އުމުރުތަކަކަށް އަމާޒުކޮށްގެން އަބޫދާބީގައި ބާއްވާ އާއިލީ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި އެކި ކަހަލަ ކުޅިވަރުތަކާއި ހުށައެޅުންތައް އޮވެ އެވެ.
މިފެސްޓިވަލުގައި ކޮންމެ އަހަރަކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރި ވެއެވެ. އޭގެ ތެރޭގައި ގައުމުން ބޭރުން އަންނަ މީހުންވެސް ހިމެނެ އެވެ.
ރޯދަ މަހުގެ ފަހު 15 ގައި ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
"އަލްޓްރާ ޕްރޮސެސްޑް" ކެއުންތަކަށް ދެވި ހިފަނީ ކީއްވެ؟
އާމިރުގެ ތަފާތު ފެނިލުމަކާއެކު ސަޕޯޓަރުންގެ ތައުރީފު އޮހެނީ!