މިފެށުނު މީލާދީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ބޭއްވުން ދުނިޔޭގެ ބައެއް މުސްލިމް ގައުމުތަކުން މަނާކުރަމުން އެބަގެންދެ އެވެ.
އެގޮތުން މިހާތަނަށް އާ އަހަރު ފާހަގަކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާހް ހިމެނެ އެވެ.
އެ ގައުމުތަކުން ބުނީ މުސްލިމް އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި އެ އުއްމަތުގެ އެއްބަޔަކު ތިބީ ހަނގުރާމައިގެ ބިރުވެރިކަމުގައި ހައިހޫނުގައި ކަމަށެވެ. އެހެން ކަމުން މިއީ އުފާ ފާޅުކޮށް ކުޅިވަރު ކުޅެންވީ ވަގުތެއް ނޫން ކަމަށް އެގައުމުތަކުން ބުނެ އެވެ.
މި ތަންތަނުގެ ސަރުކާރުތަކުން ވަނީ އަމުރާ ހިލާފަށް އާ އަހަރު ފާހަގަކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް އިއުލާން ކޮށްފަ އެވެ.
2024 އަހަރު ފެށިފައި މިވަނީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ޣައްޒާގެ މުސްލިމުންނަށް ހަމަލާ ދެމުން އަންނަތާ ތިން މަސް ވެފައި ވަނިކޮށެވެ.
މޭޔަރު އާޒިމަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި