މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންވާ ވެލި ނެގުމުގެ ސަބަބުން އެންވެރިކަން ހަލާކުވެފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު، ބިން ހިއްކުމަށް ބޭނުންކުރާ އުޅަނދު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށެވެ.
މި ޕޯސްޓްގައި ވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ޓެގްކޮށް ކޮށްފަ އެވެ.
"ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު މަހާޖައްރާފުން ވެލި ނަގަމުން ދާތީ އެންވެރިކަން ހަލާކު ވެއްޖެ! މިކަން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" ވެލި ނަގާ މަންޒަރު ފެންނަ ވީޑިއޯއާ އެކު ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.
މި ވީޑިއޯ އިން ފެންނަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމަށް ބޭނުންވާ ވެލި ޑްރެޖަރަށް ނަގާ މަންޒަރެވެ.
މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ކޮންނަން ހުށަހަޅާފައި އޮތީ މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދުންނެވެ.
މާލޭ ސަރަހައްދުގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން, ގުޅީފަޅުގެ ބިމުގެ ޖާގަ 303 ހެކްޓަރަށް އަދި ގިރާވަރުފަޅުގެ ބިމުގެ ޖާގަ 200 ހެކްޓަރަށް ބޮޑު ކުރުމަށް މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ވެސް ވަނީ ފަށައިފަ އެވެ.
ރަސްމާލެ މަޝްރޫއު އިން ގަންނަނީ މަޖްލިސް މެމްބަރުންނޭ ލަންކާގެ ކަރުދާސް ކުންފުންނަކާ ގުޅިގެން މީސީދާ ކުރާ ބޮޑު ވައްކަމެކޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ޗޯރު މުއިއްޒު އިސްތިއުފާ