ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އާރުޑީސީން ފަހު ދެ ސެގްމަންޓްގައި ތާރު އަޅާ ނިންމާލާފައިމިވަނީ 28 ދުވަހުންނެވެ.
އާރްޑީސީން ބުނީ ފަހު ދެ ސެގްމަންޓުގައި ތާރު އަޅާ ނިމުނު ކަމުގައި ވީނަމަވެސް މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މަގު އާންމުކޮށް ހުޅުވާލެވޭނީ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅުކަމަށެވެ.
އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔި ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ތޭރަ ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ސަރުކާރު ބަދަލުވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ އިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާވީ ސަރަހައްދެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުން އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ.
އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު ސަރުކާރުން ވަނީ މާލޭގެ ހުރިހާ މަގެއް ހިމެނޭހެން ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފަ އެވެ. އަދި ފެން ހިންދާ ނިޒާމުވެސް މަރާމާތުކޮށް ރަނގަޅުކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވެ އެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.